މިވަރުގެ ބަންޑާރަނާއިބެއް މިލިބުނީ އަދި ކިރިޔާ ކަމަށާއި އިޓްލޮސްގައި ކުރެއްވި މަސައްކަތަށް ސާބަސް ދަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރަށްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ބިމުން އިންޗިއެއްވެސް ރައީސް ޞާލިޙް ދޫނުކުރަށްވާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތްކަމަށެވެ.
ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގެ ބަންޑާރަނައިބަށް އޭނާއާއި ކާށިދޫ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާޢީދު އެބައޮތްކަމަށެވެ. އަދި އިންޓަނޭޝަނަލް ޓެރެޓޯރިއަލް މައްސަލާގައި ރާއްޖެ ތަމްސީލު ކުރައްވާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން ގަބޫލު ކުރައްވާނީ ރިފްއަތު ދައްކަވާ ވާހަކަ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މިވަރުގެ ބަންޑާރަނައިބެއް ލިބުނީ އަދިކިރިޔާ މިރާއްޖެއަށް. މި މައްސަލަ ސޯޓްއައުޓްކޮށްދެއްވީ ބަންޑާރަ ނައިބު. އަޅުގަނޑު ބަންޑާރަ ނައިބަށް ސެލިއުޓް ކުރަން. ސާބަހޭ ބަންޑާރަނައިބު ދައުލަތަށްޓަކައި ތިޔަ ވެލެއްވި ގުރުބާނީ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މީގެކުރިން މިމައްސަލައަށް ޙައްލެއް ނުހޯދިގެން އުޅުނުއިރު ޑރ. މުނައްވަރުމެން ވީތަނެއްވެސް ދިވެހި ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ޙާޟިރުވެ ޖަވާބުދާރީވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ޤާނޫނަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ އެއްޗަކަށްވުމުން އެ މާނަ ކުރެވޭނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ.
އެގޮތުން ދެކުނުގެ އީއީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ހޯދުމަށް ވަކާލާތުކުރި ގޮތާމެދު މަޖިލީހުގެ ރައީސާއި މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ޤާނޫނު އަސާސީގައި ބުނާފަދަ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅޭނެ ސަބަބެއް ނޫންކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިފްޢަތު ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަންޑާރަ ނާއިބުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ މައްސަލައަށް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު