މަޖިލީހުގެ ބައެއް މެންބަރުންގެ ޢަމަލުތައް ހުރިގޮތުން ފެންފިސްތޯލަ ހިފައިގެން ބޮއްކުރައެއްގައި ޗާގޯސްހިފަން ދާން އުޅޭހެން ހީވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ބަންޑާރަނާއިބުގެ އިތުބާރުނެތްކަމަށްބުނެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް އަސްލެއް ނެތްކަމަށެވެ. އަދި ޙަޤީޤީ މައްސަލައަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަޖަމުނުވުމުގެ މައްސަލަ ކަމަށް ރޮޒައިނާ މިއަދު ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ތާރީހުގައި އެއްވެސް ވެރިއަކު ދުވަހަކުވެސް ބުނެފައެއް ނެތް ކަމަށާއި ރައީސް ނަޝީދުވެސް މޮރިޝަސްއަށް ވަޑައިގެން މެޑަލްތައް އަޅުއްވާފައިވާކަމަށެވެ. ނަމަވެސް ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށް މީގެކުރިން ވިދާޅުވެފައިނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި މިއަދު ރައީސް ނަޝީދުވެސް ދައްކަވަނީ ޗާގޯސް ހިފަންދާ ވާހަކަ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. އެކަމާގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވާހަކައެއް އެއްވެސް ބޭފުޅަކު ދެއްކެވި އަޑު އައްސަވާފައި ނުވާކަމަށެވެ.
“ބައެއް ފަހަރު އަޅުގަނޑަށް ހަމަ ހީވޭ ބޮއްކުރައަކަށް އަރާ ފެން ފިސްތޯލައެއް ހިފައިގެން ނައްޓާލަފާނެއޭ.” ރޮޒައިނާ މިއަދު ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ހުށައެޅިފައިވާ މައްސަލައަކީ މި ވެރިކަމުގައި ރާއްޖެއަށް އަންނަމުންދާ ކުރިއެރުމުގެ ސަބަބުން ވެރިކަމަށް ފާރަލައިގެން ހުރިމީހަކަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީންވުމުން އެކަމާ ދޭތެރޭގައި ކުރާނެ ކަމެއް ނޭނގިގެން ހުށަހެޅި މައްސަލައެއް ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާކަން ޗާގޯސް މައްސަލާގައި ބޭއްވި ޖަލްސާގައި ފެނުނު ހުސްގޮނޑިތަކުން ހާމަވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާވަނީ އެމްޑީޕީގެ ފުރިހަމަ ތާޢީދު ބަންޑާރަނާއިބަށް އޮތްކަމަށްވެސް މިއަދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު