އެމްޑީޕީއާމެދު ރައީސް ނަޝީދު ކަންކުރަށްވަނީ ބޭއިންސާފުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނުނިންމައި މިއަދުގެ ޖަލްސާވެސް ނިންމަވާ ލައްވާފައިވާތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދުވަނީ މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ކަންކަން ކުރައްވަނީ އިދިކޮޅާ ގުޅިގެން ރާވައިގެން އެ ފަރާތްތަކަށް ފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން އިދިކޮޅު މެންބަރުން ކޮންމެ ގޮތަކަށް ތަޅުމުގައި އުޅުއްވިޔަސް އެބޭފުޅުންގެ ނަން ނީއްވާކަމަށް މޯޑު މިއަދު ވިދާޅުވިއެވެ.
މޯޑު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ކަންކުރީ މަޖިލީހުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ރިޔާސަތުން ޢަމަލުކޮށްފައިވަނީ ވަރަށް ބޭއިންސާފުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ގަބޫލުކުރާ ކަމަށް މޯޑް ވިދާޅުވިއެވެ.
"އެމްޑީޕީއަށް ނިސްބަތްވެލައްވާ ބައެއް މެންބަރުން ރިޔާސަތަށް ފާޑު ކިޔަން ހެދީމާ ނޫނީ ބަސް ބަސް ވިދާޅުވާން ހެދީމާ ރިޔާސަތުން އެ ބޭފުޅުންގެ ނަން އިއްވާ،" އޭނާ ވިދާޅުވި އެވެ.
މެންބަރު މޯޑް ވިދާޅުވީ، މައްސަލަތަކެއް ހުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމާމެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް އެކަމާމެދު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫފުގެ ފަރާތުން ފުންކޮށް ވިސްނަމުންދާ ކަމަށް މެންބަރު މޯޑް ވިދާޅުވިއެވެ.
“ޓަސްލާފަ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްދާނެ. އެހެންނަމަވެސް މިގޮތަށް މިކަން ތަކުރާރުވަމުންދާތީވެ، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ފަރާތުން އަޅުގަނޑަށް އެނގިފައި އޮތީ އެކަމާމެދު ފުންކޮށް ވިސްނަމުން ގެންދަވާ ކަމަށް. އެހެންނަމަވެސް އަދި އަޅުގަނޑުމެން އެކަން ކުރަންވާ ވަގުތު ނުޖެހޭތީވެ އެމަސައްކަތް ކުރެވެމުން ނުދަނީ.” މޯޑު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފައްދަން މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުالله އެމްޑީޕީން ވަކިވެވަޑައިގަތުމާއެކު، މަޖިލިސް ނައިބު ރައީސްކަމުން އޭނާ ވަކިކުރަން އެމްޑީޕީން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މޯޑު ވިދާޅުވީ ނައިބު ރައީސަކަށް ގެންނާނެ މީހަކާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު