ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން އެމަނިކުފާނު ވަކިކުރެއްވުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށައެޅުއްވޭނެ މެންބަރަކު މަޖިލީހުގައި ނުހުންނަވާނެ ކަމަށާއި އެކަންކުރެވެންވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ މަޖިލިސް ކުރިޔަށް ގެންދަނީ ޤަވާއިދާ ޚިލާފަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.
"މަޖިލީހުގެ ރިޔާސަތުން ތިޔަ އަމަލުކުރައްވަނީ މަޖިލިހުގެ ގަވައިދާ މުތުލަގަށް ހިލާފަށް. އެހެންވެ އެކަން ފާހަގަކޮށްލީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސަތުން އަމަލު ކުރަށްވަނީ ގާނޫނުއަސާސީ އާއި ގާނޫނާއި މަޖިލިހުގެ ގަވައިދާ ވެސް އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"87 މެމްބަރުންގެ ތެރެއިން އެންމެ އިއްޒަތްތެރި މެމްބަރަކުވެސް ނެތޭ މިރިޔާސަތަށް އިތުބާރު ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެފަހުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަޙްމަދުގެ ވާހަކަފުޅުގައި ރައީސް ނަޝީދު އެމްޑީޕީގައި ހުރިހާ ހިނދަކު މަޖިލީހުގެ ރައީސްކަން ކުރެވޭނެ ކަމަށާއި ޕާޓީ ދޫކުރައްވާ ދުވަހު މަޖިލީހުގެ ރައީސް ކަމުން ދުރުކުރާނެ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމެންބަރު އެދިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ނުހިނގާނެ ކަމަށާއި އެމަނިކުފާނު މަޤާމުން ވަކިކުރެއްވުމަށް މަސައްކަތް ކުރެވޭނެ މެންބަރަކު މަޖިލީހުގައި ނުހުންނަވާނެ ކަމަށެވެ.
“އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އެއްވެސް މެންބަރަކު ނެތް މި ގޮނޑިން އަޅުގަނޑު ދުރަށްލާން މަސައްކަތް ކުރައްވާނެ އަދި އެއްވެސް ބޭފުޅަކަށް އެކަމުގައި ނުވެސް އުޅުއްވޭނެ އުޅުއްވޭކަށް ނުވެސް ނެތް.” ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު ވިދާޅުވީ، މައްސަލަތަކެއް ހުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމާމެދު އެމްޑީޕީން މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް އެކަމާމެދު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫފުގެ ފަރާތުން ފުންކޮށް ވިސްނަމުންދާ ކަމަށް މެންބަރު މޯޑް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު