ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމުން އިސްތިޢުފާދެއްވި ޤާޟީ ޙަސަން ނަޖީބް.
ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމުން އިސްތިޢުފާދެއްވި ޤާޟީ ޙަސަން ނަޖީބް.
ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަނީ ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މައްސަލަތައް ބަލަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ، ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއިދުކުރާ ކަމަށް ބުނެ މިދިޔަ އަހަރުން ފެށިގެން ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހުނަސް ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ނުބަލާ ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ތަފާތު ކުރުމެއް ނެތި ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީ އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން މި ކޮމިޝަނުން 14 މައްސަލައެއް ބަލާފައިވާއިރު އެފަދަ މައްސަލައެއް ތަހުގީގުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިސްނާވުމެއް ނެތި، ފަނޑިޔާރުންގެ ގާނޫނުން މަނާކުރެވިފައިވާ ކަމެއްކަން މި ކޮމިޝަނުން ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.



މައްސަލަތައް ބަލަނީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް، ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ހަސަން ނަޖީބުގެ މައްސަލައިގައި ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށް ލިބިދޭ އެންމެހައި ހައްގުތަކެއް ފުރިހަމައަށް ދީފައިވާ ކަމަށެވެ. ނަޖީބާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލަތަކުގެ ތަފްސީލުތައް ޖޭއެސްސީން ވަނީ މިއަދު އާންމުކޮށްފައެވެ.

ނަޖީބާ ގުޅޭ ހަތް މައްސަލައެއް ހިމެނޭއިރު އޭގެ ތެރެއިން ފަސް މައްސަލައަކީ ސިޔާސީ ކަންކަމެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ތާއިދުކޮށް އެކި ގޮތްގޮތުން ކެމްޕެއިން ކުރެއްވުމާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ބައްދަލުވުން ތަކުގައި ބައިވެރިވުން ހިމެނެއެވެ. އޭނާގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް މީގެ ކުރިން މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން