ރާޅާއަޅާކުދިން ބޭނުންކުރާ ބިމަކަށް މާލޭ ކައުންސިލުންވަދެ އެބިން ހުސްކޮށްފައިވާތީ އެކުދިންނަށް ބިން އަނބުރާ ދިނުމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ރީކޯ މޫސަ މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން ހުސްކޮށްފައިވަނީ ޒަމާނުއްސުރެ ރާޅާއަޅާ ކުދިން ބޭނުންކުރާ ބިމެއް ކަމަށެވެ. މާލޭ ލޮނުޒިޔާރަތްކޮޅުގައި އޮންނަ އެބިމަށް ސިޓީކައުންސިލްގެ މުވައްޒަފުން ވަދެފައިވަނީ އިއްޔެއެވެ.
މާލޭސީޓީކައުންސިލުން އިއްޔެވަނީ އެބިމުގައި ހުރި ޒަމާންވީ ޓަވަރު ތަޅާލާފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ކައުންސިލުން މަސައްކަތްކުރަނީ ރެސްޓޯރެންޓެއް ހެދުމަށް އެބިން ކުއްޔަށް ދިނުމަށެވެ.
“އެތާ ރެސްޓޯރަންޓެއް ހަދަން ބިންކުއްޔަށްދިނުން ބަލައެއް ނުގަނެވޭނެ. ރާޅާއަޅާ ކުދިންނަށް އެތަން އަނބުރާ ދިނުމަށް ސިޓީ ކައުންސިލަށް ގޮވާލަން.” ރީކޯ މޫސަ ވިދާޅުވިއެވެ.
މާލޭ ލޮނުޒިޔާރަތްކޮޅު ތަރައްޤީ ކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުގައި ތަރައްޤީ ކޮށްފައިވާ ލޮނުޒިޔާރަތް ޕާކަކީ މާލޭގެ ގިނަބަޔަކު ހިތްހަމަ ޖައްސާލުމަށް މިހާރު އެންމެ ބޮޑަށް ބޭނުންކުރާ އެއް ޕާކެވެ.
ސިޓީ ކައުންސިލުން ގެންދަނީ މާލޭގައި ހުރި ހުސްބިންތައް ބޭނުންކޮށްގެން ޢާމްދަނީ ލިބޭނެ އިތުރު ގޮތްތައް ތަނަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

މާލޭ ލޮނުޒިޔާރަތްކޮޅުގަ އޮންނަ ރާޅާއަޅާ ކުދިންބޭނުންކުރާ ސަރަޙައްދަށްއިއްޔެ މާލޭސީޓީކައުންސިލުންވަދެ އެތާހުރި ޒަމާންވީ ޓަވަރުތަޅާލާ އެތާރެސްޓޯރަންޓެއްހަދަން ބިންކުއްޔަށްދިނުން ބަލައެއްނުގަނެވޭނެ ރާޅާއަޅާކުދިންނަށްއެތަންއަނބުރާދިނުމަށްސިޓީ ކައުންސިލަށްގޮވާލަން@MMuizzu
— Moosa Maniku (Reeko) (@ReekoMoosa) June 6, 2023
މާލޭ ލޮނުޒިޔާރަތްކޮޅު ތަރައްޤީ ކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުގައި ތަރައްޤީ ކޮށްފައިވާ ލޮނުޒިޔާރަތް ޕާކަކީ މާލޭގެ ގިނަބަޔަކު ހިތްހަމަ ޖައްސާލުމަށް މިހާރު އެންމެ ބޮޑަށް ބޭނުންކުރާ އެއް ޕާކެވެ.
ސިޓީ ކައުންސިލުން ގެންދަނީ މާލޭގައި ހުރި ހުސްބިންތައް ބޭނުންކޮށްގެން ޢާމްދަނީ ލިބޭނެ އިތުރު ގޮތްތައް ތަނަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު