ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވުމުގައި އެމަނިކުފާނު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެ، ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފެވެ.
މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މަޖިލީހަށް ހުށަހެޅި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ލިޔުމުން މަޖިލީހަށް ފޮނުވި ޖަވާބުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހަށް ލިބިގެންވާ ބާރުތަކަށް ގޮންޖަހާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
މިމައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވާފައިވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ނުފެންނަ ކަމަށެވެ. އަދި 20 މެންބަރުން ވަނީ ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދީފައެވެ.
މައްސަލަ ބަހުސް ކުރަން ފާސްނުވި ނަމަވެސް، އެ މައްސަލަ ސީދާ ކޮމިޓީއަށް ހުށަހަޅައިގެން ބަލައިދިނުމަށް އެދިފައިވާތީ ރިޔާސަތުންވަނީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު