އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓިކްސްއަށް ފޯމް ފުރާފައިވާ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.
ޙަސަން ލަތީފް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ އީސީއަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ލީކުވެ އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސްއަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ. އަދި އެ އަމަލު ހިންގުމުގައި އިސްކޮށް ތިއްބެވީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ކަމަށް މައްސަލާގައިވެއެވެ.
އޭގެއިތުރުން މިއީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދުނު ނުދިނުމަށް އޭރު އޮތް ސަރުކާރުން ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އެހެންކަމުން މި މައްސަލަ މަޖިލީހުން ބަލައިދިނުމަށް ޙަސަން ވަނީ އެދިލައްވާފައެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.
އެޕާޓީ އުފެއްދެވުމަށް މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ފޯމް މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު