ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލުމަށް ރިޔާސަތުން ނިންމެވުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖު ފަށްޓަވައިފިއެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިންވަނަ ދުވަހަކަށް ތާވަލު ކޮށްފައިވާއިރު އިއްޔެ ރިފްޢަތުވަނީ އެ މައްސަލާގައި އަނގަބަހުން މަޖިލީހަށް ޖަވާބުދާރީވެފައެވެ.
ނަމަވެސް ރިފްޢަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފާވާކަމަށްބުނެ މައްސަލައެއް ހުށައެޅިފައިވާތީ އެކަމަށް ގޮތެއް ނުނިންމައި ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ނިންމަވާފައެވެ.
އިމްތިޔާޒުގެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކުރުމަށް ފާސްކުރި ނަމަވެސް ރިޔާސަތުންވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވާފައެވެ. ރިޔާސަތުން އެގޮތަށް ޢަމަލު ކުރަށްވާފައިވަނީ މައްސަލަ ހުށައެޅުއްވި މެންބަރު އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އިމްތިޔާޒްގެ މައްސަލަ ނިންމެވުމަށްފަހު އިތުބާރުނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވުމަށް ރިޔާސަތުން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ނިޒާމީ ނުކުތާ ނަންގަވައި އިދިކޮޅު މެންބަރުން ވިދާޅުވީ އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފިނަމަ އިސްކަންދޭންޖެހޭނީ އެ މައްސަލައަށްކަމަށެވެ.
"އަޅުގަނޑު ގަސްދުކުރަނީ ބަނޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ނުހިންގަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މެދުކަނޑާލުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ނިންމެވުމާ ގުޅިގެން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން މިއަދުވަނީ އިޙުތިޖާޖު ކޮށްފައެވެ.
ގާތްގަނޑަކަށް 15 ވަރަކަށް މެމްބަރުން ރިޔާސަތުގެ މޭޒުގެ ކުރިމައްޗަށް ވަޑައިގެން ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވަމުން ގެންދެވި އެވެ.
މެންބަރުން އިޙްތިޖާޖު ކުރަށްވަމުން ގެންދަވަނިކޮށް ރައީސް ނަޝީދު ނިންމެވީ ހެނދުނުގެ ސަޔަށް މަޖިލިސް މެދުކަނޑައިލުމަށެވެ. އަދި ސަޔަށްފަހު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު