ތަޅުމުން ފާސްނުވުމުން އިމްތިޔާޒްގެ މައްސަލަ ކޮމިޓީއަށް ނުފޮނުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވީ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެ ހުށައެޅި ކުއްލި މައްސަލަ 48 މެންބަރުންގެ ވޯޓާއިއެކު ތަޅުމުން ބޭރުކޮށްލުމުންވެސް އެމައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވުމާ ގުޅިގެންނެވެ.
ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް މިއަދު ހުށައެޅުއްވި ރިފްއަތުގެ އިމްތިޔާޒާއި ބެހޭ މައްސަލައިގައި ބަހުސް ކުރުމަށް މެމްބަރުންނަށް ވޯޓަށް ހުޅުވާލުމުން ބަހުސް ކުރަން ފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވިއެވެ.
އެމައްސަލައަށް ބަހުސް ނުކުރުމަށް މަޖިލީހުން ނިންމި ނަމަވެސް ރިފްއަތުގެ މައްޗަށް ހުށަހެޅުނު އިމްތިޔާޒާއިބެހޭ މައްސަލަ ކޮމިޓީއަށް ފޮނުވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެކަމާއި ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވާފައެވެ.
ޝަރީފް ވިދާޅުވީ ރިފްއަތުގެ އިމްތިޔާޒާއި ބެހޭ މައްސަލައިގެ ބަހުސް ކުރަން ނުފެނުމުން ނުވަތަ ފާސްނުވުމުން ކޮމިޓީއަށް ފޮނުވަން ނުޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވާކަމަށެވެ.
“އެކަން އެހިސާބުން ނިމުނީ.” ޝަރީފް މިއަދު ވިދާޅުވިއެވެ.
ނަމަވެސް ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ އިމްތިޔާޒާއި ބެހޭ މައްސަލައަކީ ކޮންމެ މެމްބަރަކަށް ކޮންމެ ވަގުތެއްގައި ހުށަހެޅޭނެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނަށް އެކަން ނުހުއްޓުވޭނެ ކަމަށާއި އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ހުސައިން އަކީ ސްކިލްޑް ޕާލަމެންޓޭރިއަން އެއް. ބަހުސްކުރުމަށާއި ކޮމިޓީއަށްވެސް މައްސަލަ ފޮނުއްވީ އެހެންވެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެކަމާ ދެކޮޅަށް ތިއްބެވި މެމްބަރުން އެހެންމަގެއް އެމަނިކުފާނަށް ދެއްކެވުމުން އެ މަގަކުން ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ. އެގޮތުން ޑިމޮކްރެސީއަކީ ގިނަ މަރުހަލާތަކެއްގެ ތެރެއިން ހިންގޭ ކަމެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރިފްޢަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފާވާކަމަށްބުނެ މައްސަލައެއް ހުށައެޅިފައިވާތީ އެކަމަށް ގޮތެއް ނުނިންމައި ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު