ނިޒާމް ގެއްލިފައިވާކަމަށް ކަނޑައަޅައި މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމަވާފައެވެ. ރިޔާސަތުން އެގޮތަށް ނިންމެވުމުން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖު ކުރަށްވާފައެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިންދުވަސް މަތިންވެސް ކުރިއަށް ގެންދެވިފައިނުވާއިރު އިއްޔެ ރިފްޢަތުވަނީ އެ މައްސަލާގައި އަނގަބަހުން މަޖިލީހަށް ޖަވާބުދާރީވެފައެވެ.
ނަމަވެސް ރިފްޢަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފާވާކަމަށްބުނެ މައްސަލައެއް ހުށައެޅިފައިވާތީ އެކަމަށް ގޮތެއް ނުނިންމައި ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ނިންމަވާފައެވެ.
އިމްތިޔާޒުގެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކުރުމަށް ފާސްކުރި ނަމަވެސް ރިޔާސަތުންވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވާފައެވެ. ރިޔާސަތުން އެގޮތަށް ޢަމަލު ކުރަށްވާފައިވަނީ މައްސަލަ ހުށައެޅުއްވި މެންބަރު އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މެދުކަނޑާލުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ނިންމެވުމާ ގުޅިގެން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން މިއަދުވަނީ އިޙުތިޖާޖު ކޮށްފައެވެ.
ގާތްގަނޑަކަށް 15 ވަރަކަށް މެމްބަރުން ރިޔާސަތުގެ މޭޒުގެ ކުރިމައްޗަށް ވަޑައިގެން ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. މެންބަރުން އިޙްތިޖާޖު ކުރަށްވަމުން ގެންދަވަނިކޮށް ރައީސް ނަޝީދު ނިންމެވީ ހެނދުނުގެ ސަޔަށް މަޖިލިސް މެދުކަނޑައިލުމަށެވެ.
އަދި ސަޔަށްފަހު ރިޔާސަތާ ޙަވާލުވެ ވަޑައިގެންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވުމުގެ ސަބަބުން ޖަލްސާ ދެން ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު