ސަރުކާރުން އުކުޅަހުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ކައުންސިލުން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް މިއަދު ހެނދުނު އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވި ބައްދަލު ވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުކުޅަހަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، މިހާރުވެސް އުކުޅަހުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށާއި މަޝްރޫޢުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ފާހަގަކުރައްވާފައެވެ. މިގޮތުން ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމުގައިވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ރަށުގައި ޙައްލުކުރަން ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ކައުންސިލުން ބުނީ އޭގެތެރޭގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ އިދާރީ މަސައްކަތްތައް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުން ހިމެނޭ ކަމަށެވެ. ހަމައެއާއެކު ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ތަފާތުތަކެއް ހުރުން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުކުޅަހުގައި ކައުސިލް އާ ޢިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު