މަޖިލީހުގެ ގޯތިތެރޭގައި ރައީސް ނަޝީދު ގެންދަވަނީ މެންބަރުންނަށް ބިރު ދައްކަވަމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް ނަޝީދު ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ އެތައް މެމްބަރުންނަކަށް މިއަދު ވެސް އިންޒާރު ދެއްވާފައިވާ ކަމަށެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒަށް ނިސްބަތްކޮށް ރައީސް ނަޝީދު އެއްޗެއް ވިދާޅުވާ ވީޑިއޯއެއް ޢާއްމު ކުރަށްވަމުން ރޮޒައިނާ ވިދާޅުވީ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މަޖިލިސް ތެރޭ މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓްގައިވާ ވީޑިއޯއިން އިވެނީ ރައީސް ނަޝީދު ޢަލީ ނިޔާޒަށް ނިސްބަތްކޮށް "ކަލޭ މީހުން ނުފޮނުވައްޗޭ މަގޭ ގަޔަށް އަރަން." ވިދާޅުވާ އަޑެވެ. އެމަނިކުފާނު އެމޭރުމުން ވިދާޅުވާއިރު އެމަނިކުފާނުގެ ކުރިމަތިން މެންބަރު މުޣުނީ ވަޑައިގެން ޢަލީ ނިޔާޒްގެ އަރިހުގައި އިށީނދެ ވަޑައިގަންނަވާ މަންޒަރު ފެނެއެވެ.
އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި މެންބަރު މުޣުނީ ރައީސް ނަޝީދަށް ނިސްބަތްކޮށް "ތަޅާލަން ޖެހޭ ހިސާބަށް ގޮސްފައި ތިހުރީ މިހާރު. ހޭބަލިވެފައޭ ތިހުރީ." ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.
ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ 3 ދުވަސްމަތިންވެސް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިނުވާތީ އެމްޑީޕީގެ މެންބަރުން މިއަދު ވަނީ މަޖިލީހުގައި އިޙްތިޖާޖް ކޮށްފައެވެ.

މަޖިލިސް ތެރޭ މަޖިލިސް ރައިސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 6, 2023
މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މިއަދުއެތައްމެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބުރައިސްގެ މައްސަލަ އަނބުރާގެންދަންއަންގާއިންޒާރުދީފި! pic.twitter.com/Dln6rHOT8K
ރޮޒައިނާ ކުރެއްވި ޓްވީޓްގައިވާ ވީޑިއޯއިން އިވެނީ ރައީސް ނަޝީދު ޢަލީ ނިޔާޒަށް ނިސްބަތްކޮށް "ކަލޭ މީހުން ނުފޮނުވައްޗޭ މަގޭ ގަޔަށް އަރަން." ވިދާޅުވާ އަޑެވެ. އެމަނިކުފާނު އެމޭރުމުން ވިދާޅުވާއިރު އެމަނިކުފާނުގެ ކުރިމަތިން މެންބަރު މުޣުނީ ވަޑައިގެން ޢަލީ ނިޔާޒްގެ އަރިހުގައި އިށީނދެ ވަޑައިގަންނަވާ މަންޒަރު ފެނެއެވެ.
އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި މެންބަރު މުޣުނީ ރައީސް ނަޝީދަށް ނިސްބަތްކޮށް "ތަޅާލަން ޖެހޭ ހިސާބަށް ގޮސްފައި ތިހުރީ މިހާރު. ހޭބަލިވެފައޭ ތިހުރީ." ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.
ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ 3 ދުވަސްމަތިންވެސް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިނުވާތީ އެމްޑީޕީގެ މެންބަރުން މިއަދު ވަނީ މަޖިލީހުގައި އިޙްތިޖާޖް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު