ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވުމުންނެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެމްޑީޕީގެ 36 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ ޕާޓީގައި 56 މެމްބަރުން ތިއްބެވިއިރު، މެމްބަރުންގެ އަޣުލަބިއްޔަތު މި މައްސަލައަށް ލިބޭނެ ކަމުގެ ޔަގީންކަން ޕީޖީ ލީޑަރ އަސްލަމްވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު މަގާމުން ވަކިކުރަން މިހާރުވަނީ ޕެޓިޝަންގައި ސޮއިކުރަން ފަށައިފަ އެވެ. އެގޮތުން އިދާރީ ކަންކަން ފުރިހަމަވިހާ އަވަހަކަށް އެމައްސަލަ ހުށައަޅުއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު