ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ޗަރުކޭހެއް ގޮތަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ,
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައީސް ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ޤާނޫނުތަކަށް ގޮން ޖައްސަވަމުން ކަމަށެވެ. އަދި މަޖިލީސް ކުރިއަށް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް މިވަގުތު ވަނީ ހުއްޓިފައިކަމަށެވެ. އެގޮތުން ކޮމިޓީތަކަށް މެންބަރުން ޢައްޔަނުކުރެވިފައި ނުވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް އެމްޑީޕީގެ މަޝްވަރާ ރައީސް ނަޝީދު އަޑު ނާއްސަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޤާނޫނުތަކަށް ގޮންޖައްސަވަމުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ ޗަރުކޭހެއްގެ ގޮތުގައި ކަމަށެވެ. އަދި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"ހިތުހުރިހާ ގޮތަކަށް އަމަލުކޮށް، މައްސަލަ ކުރިއަށް ނުގެންދަވައި ބޮޑު ޗަރުކޭހެއް، ކުޅިވަރެއްހެން މިތަނުގައި މުޅި ހަމަތައް ނަގާލައިގެން ކުރިއަށްގެންދާ ގޮތަށް މަޖިލިސް ގެންދަވަނީ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ޒަމާނުއްސުރެއް އިތުބާރު ކުރައްވަމުން ގެންދެވީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު ދިގު މުއްދަތަކަށް ދެމިހުންނެވުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަމުން ދަނީ އެމްޑީޕީގެ މަސްލަހަތަށްވުރެއް އަމިއްލަ މަސްލަހަތު އިސްކުރައްވާ މަންޒަރުކަމަށް އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރަން ނިންމައި އެކަމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ފާސްވީ މިއަދުގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެމްޑީޕީގެ 36 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އަދި 5 މެންބަރަކު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު