ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދަން އެދޭނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ހޯއްދެވުމަށް ހުށައަޅުއްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިހުރުމުގެ ސަބަބުން ކޮމިޓީތައް އެކުލަވާނުލެވިފައިވާ ކަމަށެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ފެށުނުހާ އަވަހަކަށް ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދުމަށް ހުށައަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އެ އޮތީ 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑުު އެ ކޮމިޓީގެ ޗެއާގައި އިތުރަށް އިންނަ ކަމުގައިވަނީނަމަ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް ފޮނުވަން އަޅުގަނޑު މިހުރީ،" އަސްލަމް ވިދާޅުވިއެވެ.
ރާއްޖެ އާއި ޗާގޯސްގެ އިން ވަކިކުރުމުގެ މައްސަލަ ނިންމުމުގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރައީސްގެ ސިޓީ ހާމަކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް، މިއީ ރައީސްގެ ސިޓީ ހާމަކުރުމަށް އެދޭނެ ކަމަށް އެމްޑީޕީން ބުނި ފުރަތަމަ ފަހަރެވެ.
އަސްލަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އޭނާގެ ޝައުޤުވެރިކަން ހުރި ކަމަށާއި އެމަޤާމު ހުށައަޅައިފިނަމަ ޤަބޫލުވެސް ކުރަށްވާނެ ކަމަށެވެ. އެމްޑީޕީން މިއަދުވަނީ ރައީސް ނަޝީދު މަޤާމުން ވަކި ކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު