ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރަސްމީކޮށް އަންގަވައިފި އެވެ.
ރައީސް ޞާލިޙް މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު ވަނީ އެމަނިކުފާނާއެކު އިއްތިހާދުވެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވުމުގެ ދަޢުވަތު އޮނަރަބަލް ޤާސިމް އިބްރާހިމަށް އަރުވާފައެވެ. އެސިޓީގެ ޖަވާބު ޤާސިމް ރައީސް ޞާލިޙަށް ފޮނުއްވީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް ޞާލިޙަށް ފޮނުއްވި ސިޓީގައި ޤާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ކައުންސިލުން އެމަނިކުފާނު ހަމަޖައްސަވާފައިވާތީ އެނިންމުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ،" ޤާސިމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
ޤާސިމް ވިދާޅުވީ ރައީސް ޞާލިޙްގެ ޒައާމަތުގައި އުންމީދު ކުރިގޮތަށް ގިނަ ކަންތައްތައް ހިނގަމުން ނުދިޔަކަމަށެވެ. އަދި މި ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން ޖުމްހޫރީ ޕާޓީން ވަކިން އިންތިޚާބުގައި ވާދަކުރުމަށް ނިންމަވާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ޤާސިމް އިބްރާހީމަށް އެރުވުން މިރޭ ރަސްމީކޮށް އޮންނާނެކަމަށް އެޕާޓީން މީގެކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު