ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނައްޓާނެ އުކުޅު އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމަށް އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
މެންބަރު ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު މިހާރު އޮތްގޮތުން މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލައި މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.
އިންތި އެގޮތަށް ވިދާޅުވީ މަޖިލީހުގެ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށްބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަންވެގެން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
މަޖިލީސް ހުއްޓިފައިވާތީ ޢަލީ ނިޔާޒް މިއަދު ވިދާޅުވީ ގަސްތުގައި ބަޔަކު މަޖިލިސް މަރުތަޅު އަޅުވައިގެން ކަމަށްބުނެ މަޖިލިސް ހުއްޓުވާފަ އޮންނަ އޮތުމަށް ހައްލު ހޯދޭނެ ވިސްނުމާއި އުކުޅު އަސްލަމްގެ ކިބައިގާ ހުންނާނެ ކަމަށެވެ.
“އަސްލަމް އަކީ ތަޖުރިބާކާރު ވިސްނުން ތޫނު ޕޮލިޓީޝަންއެއް!” ޢަލީ ނިޔާޒް ވިދާޅުވެފައިވެއެވެ.
އެމްޑީޕީން މިހާރު ވަނީ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ.
އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ނިއުޝާއަށް ގޮވާލައްވާފައެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން ނިންމާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތަށް މަޖިލިހުން ނިންމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމޭތީ އެެވެ.

ގަސްތުގާ ބަޔަކު މަޖްލިސް މަރުތަޅުއަޅުވައިގެން ކަމަށްބުނެ މަޖްލިސް ހުއްޓުވާފަ އޮންނަ އޮތުމަށް ހައްލު ހޯދޭނެ ވިސްނުމާއި އުކުޅު އަސްލަމްގެ ކިބައިގާ ހުންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް! އަސްލަމް އަކީ ތަޖުރިބާކާރު ވިސްނުން ތޫނު ޕޮލިޓީޝަންއެއް! https://t.co/rrCdip0TKS
— Ali Niyaz 🎈 (@ali_niya) June 9, 2023
އެމްޑީޕީން މިހާރު ވަނީ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ.
އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ނިއުޝާއަށް ގޮވާލައްވާފައެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން ނިންމާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތަށް މަޖިލިހުން ނިންމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމޭތީ އެެވެ.
ކިޔުންތެރިންގެ ހިޔާލު