މަޖިލީސް މަރުތަޅު އަޅުވާފައިވާތީ ރައީސް ނަޝީދަށް ދަޢުވާކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.
މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން ނިންމާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތަށް މަޖިލިހުން ނިންމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމޭތީ އެެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރަށްވައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދަޢުލަތުގެ އެއްބާރު ހައިޖެކް ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ދީގެންނުވާނެ ކަމަށެވެ. އަދި ޤާނޫނުގެ ވެރިކަމާއި ޤާނޫނު އަސާސީ ދެމެހެއްޓުމަކީ މުޅި ދަޢުލަތުގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް ހުއްޓުވައި، މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ގުޅިގެން ކަމަށެވެ. އަދި މިއީ ހިންގާފައިވާ ވަރަށް ބޮޑު ބަޣާވާތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
“މަޖިލީސް މަރުތަޅު އަޅުވާފައިވާތީ އަމީން ޢާންމާއި ރައީސް ނަޝީދުގެ މައްޗަށް ދަޢުވާކޮށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ.” މެންބަރު ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދާއި އީވާ މަޤާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ނުދާތީ އެފަރާތްތައް މަޤާމުން ދުުރުކުރަން ސްޕްރީމް ކޯޓަށް ދާންޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ހަމައެއާއެކު މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ މަޖިލީހުގެ އިދާރީ މުވައްޒިފުން ބޭނުންކޮށްގެން ކަމަށާއި އެ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުގައި މެދުނުކެނޑި އެންމެ ދުވަސްވީ މެމްބަރު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މަޖިލީހުގެ އަމީންޢާއްމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ފާތިމަތު ނިއުޝާއަށް ގޮވާލައްވާފައެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު