ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޢުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ފެށުމަށާއި، ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމް ވަނީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންފިނަމަ ދިވެހިންނަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުގެ ލިސްޓެއް އިއުލާންުކުރައްވާފައެވެ. އެ ލިސްޓުގައި އެކި ދާއިރާތަކުން އެމަނިކުފާނު ދިވެހިންނަށް ގެނެސްދެއްވާނެ ކުރިއެރުންތައް ގާސިމް ހިއްސާކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މުސްކުޅިންގެ އެލަވެންސް މިހާރަށް ވުރެ ބޮޑުކޮށްދެއްވައި 7000 ރުފިޔާއަށް ހައްދަވާނެ ކަމަށެވެ. އޭގެ އިތުރުން އިޤްތިޞާދީ ބޮޑު އިންޤިލާބެއް ދިވެހިރާއްޖެއަށް ގެނެސްދެއްވާނެ ކަމަށް ޤާސިމްވަނީ ވަޢުދުވެ ވަޑައިގެންފައެވެ.
ހަމައެއާއެކު އެމަނިކުފާނުގެ ވެރިކަމުގައި 20000 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ "ހިޔާ" ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙައްލުކޮށްދެއްވާނެ ކަމަށެވެ.
"ހިޔާ ފްލެޓް ތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހު ހައްލު ކުރުމަށް އިސްކަންދީ ޓަވަރު ތަކުގައި އިތުރު އެލަވޭޓަރާއި ބެކަޕް ޖަނެރޭޓަރު ބަހައްޓާނަން." ޤާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ރޭބޭއްވި ޖަލްސާގައި ޤާސިމް ވަނީ ރިޔާސީ އިންތިހާބުގައި ބޭނުން ކުރާނެ ޝިއާރާއި އިންތިހާބުގައި ބޭނުން ކުރާނެ ލަވަ ވެސް އިފްތިތާހު ކޮށްދެއްވާފައެވެ. ޤާސިމްގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" މި ޝިއާރެވެ.

ކިޔުންތެރިންގެ ހިޔާލު