ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމުގެ ޙަފްލާއަށް ރައްޔިތުން ޖަމާވީ ހިތުލޯބިން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިން ބަރުދާސްތު ކުރާ ހިތްދަތި މާޔޫސް ދުވަސްތަކުގެ ބަދަލުގައި އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރު ކަމަށެވެ. އަދި ރައީސް ޔާމީންގެ ކުށަކީ 2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުން ކަމަށް ޝިޔާމް މިއަދު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓު ކަމަށެވެ. އަދި އެންމެ ގިނަ ރައްޔިތުން ހިތުލޯބިން އެ ޖަލްސާއެއްގައި ބައިވެރިވީ ރައީސް ޔާމީނަށް ޓިކެޓް އެރުވުމުގެ ޙަފްލާގައިކަމަށް ޝިޔާމް މިއަދު ވިދާޅުވިއެވެ.
“މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުނު ޙަފްލާތަކުން މަޖުބޫރުކަމެއްނެތި ހިތުލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ކުލަގަދަ ޙަފްލާއަށް.” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން އެއްވެސް ކެންޑިޑޭޓަކާ ވާދަ ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު އަބަދުވެސް ވާދަ ކުރައްވަނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ކަމަށެވެ. އެހެންކަމުން 9 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން މާބޮޑަށްވެސް ސާފުކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށް ނޭވާލާށެވެ. ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެކެވެ. ރައްޔިތުން ބޭނުންވަނީ ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީއެވެ. ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެކެވެ.” ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީ ނަމަވެސް އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މީގެކުރިން ވިދާޅުވެފައިވަނީ ރައީސް ޔާމިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ހުށަހަޅުއްވައިފިނަމަ އިލެކްޝަނުން އެކަން ގަބޫލުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު