ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އިސްތިއުފާ ދެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ދިއުމުގެ ޒިންމާ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް އުފުއްލަވަން ޖެހޭނެކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ބޭފުޅެއްގެ އަމިއްލަ މަސްލަޙަތު ކުރިޔަށްނެރެ ވަކި މަޤުސަދެއް ޙާސިލުކުރުމަށް ރައްޔިތުންގެ މަޖިލީސް ޙިޞާރުކުރަށްވައިގެން ނުވާނެކަމަށެވެ. އަދި ރައީސް ނަޝީދާއި އީވާ މަޤާމުގައި ބަގުޑި ބައްދައިގެން އުޅުއްވާ ސަބަބާމެދު ރައްޔިތުން ވިސްނެވުމަށް ޝަރީފް ގޮވާލެއްވިއެވެ.
“މިފަދަ ބޭފުޅުންނަށް ދަޢުލަތުގެ ޒިންމާދާރު މަޤާމުތައް ޙަވާލުކުރަން ހެޔޮނުވާނެ.” ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވީ ނަމަވެސް މަޖިލީހުގެ ޢާއްމު ކޮމިޓީން އެކަމުގައި ވަކިގޮތެއް ނިންމާފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ވަނީ އަންގާފައެވެ.
އަދި އެކަމާ ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއްނެތި މަޖިލީސްވަނީ މަރުތަޅު އެޅިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް އީވާ ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.
މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ.
އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ނިއުޝާއަށް ގޮވާލައްވާފައެވެ.

Evves beyfulhegge amilla masalahathu kuriyah nere vaki magusadheh haasilu kurumuge beynumuga Rayyithunge Majis hisoaru kuumuge jaaga dhevigen nuvaane. Gaumah heyo edhey beyfulhun nama Majlis maruthalhu elhuvumuge badhaluga @MohamedNasheed aa @evattey isthiufaa dhevvaanee
— Ibrahim Shareef (@AdduShareef) June 10, 2023
މަޖިލީހުގެ ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވީ ނަމަވެސް މަޖިލީހުގެ ޢާއްމު ކޮމިޓީން އެކަމުގައި ވަކިގޮތެއް ނިންމާފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ވަނީ އަންގާފައެވެ.
އަދި އެކަމާ ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއްނެތި މަޖިލީސްވަނީ މަރުތަޅު އެޅިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް އީވާ ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.
މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާ މައްސަލާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ.
އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގުފަހިކޮށްދެއްވުމަށް، މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އަމީން ޢާންމު ނިއުޝާއަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު