ރައީސް މައުމޫނަށްވުރެ ރައީސް ނަޝީދުގެ ޚުދުމުހުތާރުކަން ބޮޑުކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ އެމަސައްކަތް މަޑުޖައްސާލަން އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް އެދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އަސްލަމް ވިދާޅުވީ އެގޮތަށް އެދިވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަޣުލަބިއްޔަތު ކޮމިޓީތަކުން ގެއްލޭގޮތަށް ކޮމިޓީތައް އަލުން އެކުލަވާލައްވަން މަޖިލީހުގެ ރިޔާސަތުން އެދިވަޑައިގަތުމުން ކަމަށެވެ.
މި މައްސަލާގައި ޝަރީފް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ ޚުދުމުހުތާރު ބޭފުޅެއް ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި ބަގުޑި ބައްދަވައިގެން ހުންނެވި ނަމަވެސް ރައްޔިތުން ރައީސް ނަޝީދަށް ރާއްޖޭގެ ރައީސް ކަމާއި ބޮޑުވަޒީރުކަން ދުވަހަކުވެސް ނުދޭނެ ކަމަށެވެ.
ރައީސް ނަޝީދު ގެންދަވަނީ ޑިމޮކްރެޓިކް ކަމަށް ދަޢުވާ ކުރަށްވަމުން އެހެނަސް ޑިމޮކްރެސީގެ ހަމަތައް މުގުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމައެއާއެކު އެމަނިކުފާނު ގެންދަވަނީ އަޣުލަބިއްޔަތަށް ތަބާނުވެ ޤާނޫނުގެ ވެރިކަން މުގުރަމުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ އެގޮތަށް ޢަމަލު ކުރެއްވުމުން ފުނޑިގެންދަނީ ރައްޔިތުންގެ ވެރިކަން ކަމަށާއި އެއީ ނުރައްކާތެރި ޢަމަލެއް ކަމަށެވެ.
“30 އަހަރު ވެރިކަން ކުރެއްވި މައުމޫންވެސް އިންތިޚާބުން ބަލިވީމާ މަޤާމުން ރީތިގޮތުގައި ފައިބައިވަޑައިގެންނެވި. އެކަމަކު ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ދަޢުވާކުރަށްވާ ނަޝީދު އިތުބާރުނެތްކަން ސާފުކޮށް ފެންނަން އޮށްވާވެސް މަޤާމު ދޫނުކޮށް ބަގުޑި ބައްދައިގެން.” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފެންނަންއޮތް ޙަޤީޤަތަކީ ރައީސް މައުމޫނަށްވުރެ މާބޮޑަށްވެސް ރައީސް ނަޝީދުގެ ޚުދުމުހުތާރުކަން ބޮޑުކަން ކަމަށެވެ.
މަޖިލީހުގެ ނާއިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވީ ނަމަވެސް މަޖިލީހުގެ ޢާއްމު ކޮމިޓީން އެކަމުގައި ވަކިގޮތެއް ނިންމާފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ވަނީ އަންގާފައެވެ.
އަދި އެކަމާ ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއްނެތި މަޖިލީސްވަނީ މަރުތަޅު އެޅިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް އީވާ ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.

ކިޔުންތެރިންގެ ހިޔާލު