އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބަލަހައްޓަވަން ރައީސް ނަޝީދު ނިންމަވައި އެކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް އެޑްރެސް ކުރަށްވައި ރައީސް ނަޝީދު މިއަދު ފޮނުއްވި ސީޓީފުޅެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ވަކިގޮތެއް ނިމެންދެން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށެވެ.
އެ ސިޓީގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވީ ނަމަވެސް، މަޖިލީހުގެ ގަވައިދު ބަޔާންކުރާ އެހެނިހެން ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްފަރާތް ވުމަކީ ލިބިވަޑައިގަންނަވާ އިޚްތިޔާރެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"މަޖިލީހުގެ ގަަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑަށް މި އިހްތިޔާރު ލިބޭ ކަމަށް ދެކެމެވެ،" ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުން ދާއިރު، އަމީން ޢާއްމުގެ މަސްއޫލިއްޔަތުތަކަށާއި ވާޖިބުތަކަށް ކުޑަކޮށްވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށެވެ.
އެގޮތުން ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން ކަމަށާއި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ، ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް ކަމަށް ޤަވާއިދުގައިވެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.
މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު