ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމަށްޓަކައި އެކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މަޖިލީހުގެ އަމީން އާއްމު ނިއުޝާއަށް އަސްލަމް ފޮނުއްވި ސިޓީގައި ވަނީ އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރުގެ މަގާމް ވަނީ ހުސްވެފައިކަމަށެވެ. އެހެންކަމުން އެ މަގާމްތަކަށް މެމްބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވަންޖެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަޖައްސަވައި ދެއްވުމަށް އަސްލަމްވަނީ އެދިލައްވާފައެވެ.
އަސްލަމް އަމީން އާއްމަށް ސިޓީ ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ މަގާމުން ވަކި ކުރުމަށް 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް އިއްޔެ ވަނީ ހަމަވެފަ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާލުމުގައި އުފެދުނު ހިޔާލު ތަފާތުވުމަކާއިހެދި ކޮމިޓީތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
އަނެއްކޮޅުން މަޖިލިސް ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގައި ރިޔާސަތުގައި ނާއިބު ރައީސަކަށް ނީނދެވޭނެއެވެ. އެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަވަންޖެހޭއިރު، މަޖިލީހުގެ ރައީސް ވަނީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުން ދުރަށް ވަޑައިގެންަފައެވެ.

ކިޔުންތެރިންގެ ހިޔާލު