ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވުމުން، ނިޒާމީ ނުކުތާގެ އޮއިވަރެއްގައިޖެހި ޖަލްސާ މެދުކަނޑާލައިފިއެވެ

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ މައްޗަށް ވައްދާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން ދެ ބޭފުޅުން ވެސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމުންނެވެ.

އަފީފް ރިޔާސަތުގައި އިންނެވުމުން އެކަން ހިނގާފައިވާގޮތް ސާފުކުރުމަށް އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި ރިޔާސަތަށް ސުވާލުތައް ކުރިމަތި ކުރަށްވާފައެވެ.

ޖަވާބުގައި އަފީފް ވިދާޅުވީ އެކަން ހިނގާފައިވާގޮތް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް މެންބަރުންގެ ނިޒާމީ މައްސަލަތަކަށް ނިމުމެއް ނައުމުން ރިޔާސަތުގައި އިންނެވި ޙަސަން އަފީފް ވަނީ ކުޑަވަގުތުކޮޅަކަށް މަޖިލީސް މެދުކަނޑާލައްވާފައެވެ.

މިއަދުގެ ޖަލްސާއަށް ކުރިން އެޖެންޑާކޮށްފައިއޮތް ނައިބުރައީސް އީވާގެ މައްސަލަ މިހާރުވަނީ އެޖެންޑާއިން ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު