ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކޮޅުމަޑުލު މެންބަރުކަން ދިގުމުއްދަތަކަށް ކުރެއްވި، އަދި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވި، އަލްމަރްޙޫމް ޢަބްދުالله ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.
އަލްމަރުޙޫމް ޢަބްދުﷲ ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ ލަޤަބް އަރުވާފައިވާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު އަލްމަރުޙޫމް ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، މާދަމާއިން ފެށިގެން ރައީސް އޮފީހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވައިފައެވެ.
ޢަލްމަރުޙޫމް ޢަބްދުالله ޖަމީލްވަނީ ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރަށްވާފައެވެ. ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު