މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް އެކަމަނާއަށް ސުވާލު ކުރުމުގެ ފުރުސަތު އެރުވުމުން މެންބަރު މުޣުނީ އެކަމަށް އިންކާރުކުރަށްވައިފިއެވެ.
ކާޑެއްދޫ އެއާޕޯޓްގެ ތަރައްގީގެ ޕްލޭނާއި ގުޅޭގޮތުން މިނިސްޓަރ ނަހުލާއާއި ސުވާލު ކުރުމަށް ހުށަަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.
މިނިސްޓަރ ނަހުލާ މިއަދު މަޖިލީހަށް ހާޒިރުކުރައްވާފައިވާއިރު، ސުވާލު ކުރެއްވުމުގެ ފުރުސަތު އެރުވުމުން މުޣުނީ ވަނީ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަން ސާފުކޮށްދިނުމުން ނޫނީ ސުވާލު ނުކުރަށްވާނެކަމަށް މުޣުނީ ވިދާޅުވިއެވެ.
ތަކުރާރުކޮށް ފުރުސަތު އެރުވުމުންވެސް ސުވާލު ކުރެއްވުމަށް މުޣުނީ އިންކާރު ކުރެއްވުމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ މިނިސްޓަރ ނަހުލާ ޖަލްސާ ދޫކުރަށްވައި ވަޑައިގެންނެވިޔަސް އެންމެ ރަނގަޅުކަމަށް ވިދާޅުވެފައެވެ.
"އިއްޒަތްތެރި މެންބަރު ސުވާލައިގެން ކުރިއަށްދާން ބޭނުން ނުވާނަމަ، އަޅުގަނޑު ޖެހޭނީ އިއްޒަތްތެރި މިނިސްޓަރަށް ދަންނަވަން، މިވަގުތު ވަޑައިގަންނަވަން." އަފީފު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ ކުންފުންޏާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. ވިލާއަށް އެއާޕޯޓް ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށެވެ.
ނަމަވެސް 2017 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް ވިލާ އަތުން އެއާޕޯޓް ވަނީ އަތުލާފައެވެ. އެއަށްފަހު އަނެއްކާ އަލުން ވިލާއަށް އެއާޕޯޓް ދީފައިވަނީ މިދިޔަ އަހަރު ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު