ގދ. ވާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީން ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޑީޕީން މިއަދު ބުނީ ގދ ވާދޫ ކައުންސިލްގެ ނާއިބު ރައީސް ހާޝިރު މުހައްމަދާއި ކައުންސިލް މެންބަރު މުހައްމަދު ޝިފާޤް އާއި މާރިޔަތު އިބްރާހީމް އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން އެބޭފުޅުންނަށް އެމްޑީޕީންވަނީ ވަރަށް ހޫނު މަރުޙަބާއެެއް ދަންނަވާފައެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު އެބޭފުޅުންގެ ފޯމް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަދި އެ ދާއިރާގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރައީސް މުހައްމަދު ސައީދާއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެ ވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު