ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފަށަން ނިންމައި އިތުރު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ.
މިއަދު ސޮއިކޮށްފައިވާ ފުރަތަމަ އެއްބަސްވުމަކީ ވިސާ ވެއިވަރ އެއްބަސްވުމެވެ. މި އެއްބަސްވުމުގެދަށުން ވިސާ ނެގުމާނުލައި ދިވެހިންނަށް 30 ދުވަހުގެ މުއްދަތަކަށް ސޭޝެލްސްއަށް ދަތުރުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިވެ ސޭޝެލްސްއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ތަރައްޤީކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ސޭޝެލްސްއާއެކު ދިވެހިރާއްޖެއިން މިއަދު ސޮއި ކުރި އެއަރ ސަރވިސަސް އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މިކަމުގެ މަންފާކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ހުއްޓުވުމާއި ކަނޑުމަގުން ކުރިމަތިވާ އެހެނިހެން ނުރައްކާތަކާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސޭޝެލްސް ސަރުކާރާ ދެމެދު އެކުލަވާލާފައިވާ ޕްރޮޓޮކޯލްއެއްގައިވެސް މިއަދުވަނީ ސޮއިކޮށްފައެވެ.
ސަރުކާރުން ބުނީ މިއީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެޤައުމުގެ ކަނޑުގެ މަސްލަޙަތުތައް ޙިމާޔަތްކުރަން މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.
އަދި ދިވެހިރާއްޖެއާއި ސޭޝެލްސްއާ ގުޅިގެން ޒުވާނުން ބިނާކުރުމުގެ ދާއިރާއިން މިއަދު ސޮއިކުރެވުނު ފަހުމްނާމާގެދަށުން ޒުވާނުންގެ ތަރައްޤީއަށާއި ހުނަރުވެރިކަން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން ދިގު މުއްދަތަކަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު