ގެމްބިއާ އާއި ރާއްޖެއާ ދެމެދު ވިސާ ނުނަގާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެއްގަައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސައުދީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ. ގެމްބިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހެވެ.
ވިސާ އެއްބަސްވުމުގައި ސޮޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގައެވެ.
ރާއްޖެ އާއި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1989ގަ އެވެ.
ރާއްޖޭން ދަނީ ގިނަ ޤައުމުތަކަކާއެކު ވިސާގެ އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ. އެކަމުގެ ސަބަބުން ދިިވެހިންނަށް ވިސާ ނުނަގާ ދަތުރުކުރެވޭ ޤައުމުތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު