އިދިކޮޅު ލީޑަރ ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ގައި އިސްކޮށް ޙަރަކާތްތެރިވާ އަމްރު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމާ ގުޅިގެންނެވެ.
އަމްރު ވިދާޅުވީ ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަމުގަ ބަހައްޓައިގެން ނުވާނެ ކަމަށާއި އިންތިޚާބުގަ ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެ ކަމަށެވެ. އަދި އެއީ އެމްޑީޕީން 2018 ގައި ވީ ވައުދާއި އެމްޑީޕީގެ އަސާސްތަކާ ޚިލާފުކަމެއް ކަމަށް އަމްރުވަނީ ވިދާޅުވެފައެވެ.
“ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށް.” އަމްރު ވިދާޅުވެފައިވެއެވެ.
އަމްރު ވިދާޅުވީ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން 259 މިލިއަން ޑޮލަރަށް އަރާކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އެހާރާއި މިހާރުގެ 119 މީހުން ބައިވެރިވާކަމަށް އެ ކޮމިޝަނުން ބުނެފައިވާކަމަށް އަމްރު ވިދާޅުވިއެވެ.
“އެއްވެސް ނަމެއް އުނިނުކޮށް ލިސްޓު ހާމަކުރަންޖެހޭ. ގެއްލުނު 259 މިލިއަން ޑޮލަރު ހޯދަން 4 އަހަރު ކުރި މަސައްކަތް ހާމަކުރަންޖެހޭ. ސަރުކާރުން ހިންގާ ފައިސާގެ މުއާމަލާތްތައް ސިއްރުނުކޮށް ހާމަކުރަމުން ގެންދަންޖެހޭ. އޮޑިޓަރ ޖެނެރަލް ލައްވާ މުއައްސަސާތައް ގަވައިދުން އޮޑިޓު ކުރަންޖެހޭ.” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިހާރު ޖަލުގައިތިބެންޖެހޭ މީހުން ތިބީ މަގުމަތީގައި ކަމަށާއި ޖަލުގައިތިބީ ޖަލުގައި ތިބެން ނުޖެހޭ މީހުން ކަމަށެވެ.
ޚިޔާނާތުގެ ތުހުމަތުގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާއިރު މީގެ ކުރިން ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ދަޢުލަތުގެ މުދަލާ ފައިސާއަށް ވަރަށް ބޮޑަށް ޚިޔާނާތްތެރި ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު