މަޖިލީސް ހުއްޓުވާފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވީ މަޖިލިސް ހުއްޓުވައިފައިވަނީ، މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓުވުމަށް ކަމަށެވެ. އޭގެ އިތުރުން އިދިކޮޅުގެ އަޑުކަނޑުވާލުމަކީވެސް މަޖިލިސް ކުރިއަށް ދިޔަނުދޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީން ބޭނުންވަނީ މަޖިލީހުގައި ތިއްބެވި އެޕާޓީގެ 56 މެމްބަރުންގެ ނިސްބަތުން ދާއިމީ ކޮމިޓީތަކުން 64 އިންސައްތަ ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ކޮމިޓީއަކަށް ކަނޑައެޅޭނެ ނިސްބަތެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.
“އާންމު ކޮމިޓީގަވެސް އެމްޑީޕީން ބޭނުންވަނީ އެގޮތް. އެއީ އަޅުގަނޑުމެންނަށް އެއްބަސްވެވޭނެ ކަމެއް ނޫން.” އާޒިމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލިސް ހިންގުން ސަރުކާރުން ހުއްޓުވައިގެން އުޅެނީ ރައްޔިތުންނަށް އިދިކޮޅުގެ އަޑު ނީވޭ ގޮތް ހެދުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅީ މަޖިލިސް "ޑެޑްލޮކަށް" ދާނެ ކަން އެމްޑީޕީ އަށް އެނގިތިބެ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
“ސްޕީކަރގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަންވީ. އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަންވީ." އަލީ ހުސައިން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި އެމްޑީޕީގެ މެޖޯރިޓީ މެމްބަރުން ތިއްބެވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫންކަމަށެވެ.
އަދި ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިގެން އުޅެނީ، އެމްޑީޕީން އެކަމުގައި އެއްވެސް ވަރަކަށް ދޫދޭން ބޭނުންނުވާތީ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވަނީ އެމްޑީޕީގެ 13 މެންބަރުން އެޕާޓީން ވަކިވުމާ ގުޅިގެން ކޮމިޓީތަކުގެ ކޮމްޕޮޒިޝަނަށް ބަދަލުއައިސް އަލުން ކޮމިޓީތައް އެކުލަވައިލުމަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެންނެވެ. އެކަމުގައި އެއްބަސްވުމަކަށް ނާދެވި ވަނިކޮށް އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ވަނީ ރިޔާސަތުގައި ތިއްބެވުމަށް ޢުޒުރުވެރިވެލައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބ. ގެ ދަށުން ބަލަހައްޓަވާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.
ނަމަވެސް އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށްބުނެ ބައެއް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކޮށްފައެވެ. އަދި، އީވާގެ އިތުބާރު ނެތް މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ގެމުއްދަތު މިއަދަށް ހަމަވެފައިވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލަ ނެތުމުން އެ ކަމުގެ ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.
އެގޮތުން ގިނަ މެންބަރުންތަކެއް ގޮނޑިތައް ދޫކުރައްވައި މަޖިލީހުގެ ތަޅުމަށް އެއްވެ މަޖިލީހުގެ ނިޒާމު ގެއްލުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވައި ލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު