ރަައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރެއް މިމަހުގެ 23 ގައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އިވާގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ނުވާތީ އެމްޑީޕީން އިޙްތިޖާޖް ކުރުމާގުޅިގެން މިއަދުގެ ޖަލްސާވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި، މަޖިލީހުގެ މެމްބަރުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ބަހުސްގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާފައި ނުވި ނަމަވެސް، އީވާގެ މައްސަލައިގެ ދިން 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ، އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރަށްވާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާލުމުގައި އުފެދުނު ހިޔާލު ތަފާތުވުމަކާއިހެދި ކޮމިޓީތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
އަނެއްކޮޅުން މަޖިލިސް ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގައި ރިޔާސަތުގައި ނާއިބު ރައީސަކަށް ނީނދެވޭނެއެވެ. އެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަވަންޖެހޭއިރު، މަޖިލީހުގެ ރައީސް ވަނީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުން ދުރަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު