ރައީސް ނަޝީދު މިއަދު ހަވީރު ކުޅުދުއްފުށީގައި | ފޮޓޯ: ސޯޝަލްމީޑިއާ
ރައީސް ނަޝީދު މިއަދު ހަވީރު ކުޅުދުއްފުށީގައި | ފޮޓޯ: ސޯޝަލްމީޑިއާ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ނަޝީދު ކުޅުދުއްފުށި އަށް ވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 2 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. ރައީސް ނަޝީދު ކުޅުފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ސިޓީ ކައުންސިލްގެ މޭޔަރާއި އެކައުންސިލްގެ މެމްބަރުންނެވެ.



ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި އެވެ. ހަމައެއާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުންވެސް މިރަސްމިއްޔާތުގައި އޮންނާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު