ގުޅެންޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެކަމަށް އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓުން ބުނެފިއެވެ.
ހައުސް އޮފް ދަ ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ މި ރާއްޖޭގައި ދެން އުފެދޭނީ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު އުފެދޭ ސަރުކާރެއް ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލިކުރާނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެގެން ރައްޔިތުންގެ މެޖޯރިޓީ ތާޢީދު ނުނެގޭނެ ކަމަށާއި ރައީސް ޞާލިޙްގެ ބަލިފަޔަކީވެސް އެއީ ކަމަށެވެ. އަދި އެމަނިކުފާނާ އެކީގައި ޕާޓީއަކަށް ވާކަހަލަ ޕާޓީއެއް ނެތްކަމަށް ވައްޑެ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ގުޅެން ޖެހުނު ބަޔަކާއެކު ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން." ވައްޑެ ވިދާޅުވި އެވެ.
ރައީސް ޞާލިޙަކީ ރާއްޖޭގައި ހިނގާނެ ޗޮއިސްއެއް ނޫންކަން ފާހަގަކުރަށްވަމުން ވައްޑެ ވިދާޅުވީ ކުރިއަށް މި އޮތް 84 ދުވަސް ފަހުން ފާރުގައި ބަހައްޓާ ފޮޓޯގަނޑެއް ފިޔަވައި އެއްވެސް ދަރަޖައެއް ރައީސް ޞާލިޙަށް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
"ޖުމްހޫރީ ޕާޓީއެއް ކޯލިޝަނެއް ނުހެދި. އެމްއާރުއެމްއެއް ކޯލިޝަނެއް ނުހެދި. އަދާލަތު ޕާޓީގެ ވަޒީފާގައި ތިބި މަދު ބަޔަކު ހެދި ނަމަވެސް އާއްމު މެންބަރުން ތިބީ ސަރުކާރާއެކުއެއް ނޫން. އެމްޑީޕީ ފަޅާލައްވައިފި." ވައްޑެ ވިދާޅުވިއެވެ.
ގުޅެންޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެކަމަށް ވައްޑެ ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރ އަޙްމަދު ޝިޔާމްވެސް ވަނީ ގުޅެންތިބި ބަޔަކާ ގުޅިގެން މިވެރިކަން ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު