ދިވެހިން ބޭނުންވަނީ ލަވަކިޔައި ޑައިވްކުރާ ރައީސެއް ނޫން ކަމަށް ދީނި އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށްބުނާ ލަވަތަކެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އަދި މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. އެހެންކަމުން ޝައިޚް ޒައިދުގެ މި ބަސްފުޅު އަމާޒު ކުރަށްވާފައިވަނީ ރައީސް ނަޝީދަށް ކަމަށް ބެލެވެއެވެ.
ޝައިޚް ޒައިދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިސްލާމްދީނަށާއި ދިވެހިންނަށް އިހުލާސްތެރި ތެދުވެރި ވެރިއެއްކަމަށެވެ. ހަމައެއާއެކު ދިވެހިން ބޭނުންވަނީ އިސްލާމީ އަގުތައް ހިފަހައްޓާނެ ގާބިލު، ވަރުގަދަ ލީޑަރެއްކަމަށް ޒައިދު ވިދާޅުވިއެވެ.
"ދިވެހިން ބޭނުމެއް ނުވޭ ލަވަކިޔާ ނުވަތަ ޑައިވްކުރާ ރައީސެއް." ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު 1990 ގެ އަހަރުތަކުގެ ތެރޭގައި ނެރުނު "ހަންހާރަ" އަލްބަމަށް ކިޔާފައިވާ "ލޯބީގެ ހާދިސާ،" މިލަވައެވެ.
މި ލަވައަކީ ރައީސް ނަޝީދަށް މިވަގުތު ސިޔާސީ ގޮތުން ވެސް ދިމާވެފައިވާ ހާލަތާއި ވަރަށް ގުޅޭ ލަވައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެެ.
އެގޮތުން އެ ލަވައިގައި ރައީސް ނަޝީދު ވިދާޅުވަނީ "ތަގުދީރުގައި މިހެންވީ ހަމަޖެހިފައިވީމަތާ... ހިތިހަަބަރު ލިބިފަ ވީމާ ހިތުގާ ޖެހޭނެތާ،" މިފަދަ ވާހަކަތަކެކެވެ.
ބައެއް މީހުންވަނީ ރައީސް ނަޝީދުގެ އަޑުން ވިދާޅުވެފައިވާ ލަވައަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެެވެ. އަނެއްބަޔަކު ބުނެފައިވަނީ އެއީ ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައެއް ނޫން ކަމަށާއި އެއީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރައީސް ނަޝީދުގެ އަޑު ބޭނުންކޮށްގެން އުފައްދާފައިވާ ލަވައެއް ކަމަށެވެ.

We don't need a singer president or a diver president! In fact we need a president who would be truthful to his creator and his people, who has the potential to run the Nation with Islamic values.
— Ali Zaid (@alizaid1000) June 17, 2023
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު 1990 ގެ އަހަރުތަކުގެ ތެރޭގައި ނެރުނު "ހަންހާރަ" އަލްބަމަށް ކިޔާފައިވާ "ލޯބީގެ ހާދިސާ،" މިލަވައެވެ.
މި ލަވައަކީ ރައީސް ނަޝީދަށް މިވަގުތު ސިޔާސީ ގޮތުން ވެސް ދިމާވެފައިވާ ހާލަތާއި ވަރަށް ގުޅޭ ލަވައެއް ކަމަށް ގިނަ ބަޔަކު ބުނެއެވެެ.
އެގޮތުން އެ ލަވައިގައި ރައީސް ނަޝީދު ވިދާޅުވަނީ "ތަގުދީރުގައި މިހެންވީ ހަމަޖެހިފައިވީމަތާ... ހިތިހަަބަރު ލިބިފަ ވީމާ ހިތުގާ ޖެހޭނެތާ،" މިފަދަ ވާހަކަތަކެކެވެ.
ބައެއް މީހުންވަނީ ރައީސް ނަޝީދުގެ އަޑުން ވިދާޅުވެފައިވާ ލަވައަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެެވެ. އަނެއްބަޔަކު ބުނެފައިވަނީ އެއީ ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައެއް ނޫން ކަމަށާއި އެއީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރައީސް ނަޝީދުގެ އަޑު ބޭނުންކޮށްގެން އުފައްދާފައިވާ ލަވައެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު