ކ. ކާށިދޫ ކައުންސިލަރ ފާތިމަތު ނަޝާ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ކ. ކާށިދޫ ކައުންސިލަރ ފާތިމަތު ނަޝާ އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން ނަޝާއަށް އެމްޑީޕީންވަނީ ވަރަށް ހޫނު މަރުޙަބާއެެއް ދަންނަވާފައެވެ.

އެމްޑީޕީއަށް ސޮއިކުރުމަށްފަހު ނަޝާގެ މެންބަރޝިޕް ފޯމް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލާއެވެ.



އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު