ބޯޅަދިނީމަ ބައިކޮޅަށް ލަނޑުޖަހާފައި ދަނޑުންފައިބާ ކުޅުންތެރިން މެޗަށް ނާރުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަޢުދުﷲ މިއަދު ވިދާޅުވީ، ވެރިކަމަކީ ޓެސްޓް ކުރުމަށްދޭ އެއްޗެއްނޫން ކަމަށާއި އެއީ އެއަށްވުރެ ޒިންމާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ވެރިކަމަކީ މުޅިރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާކަމެއް ކަމަށް ސަޢުދު ވިދާޅުވިއެވެ.
ވެރިކަމަކީ ކުޅޭކުޅޭ ކަމެއް ނޫންކަން ފާހަގަކުރަށްވަމުން ސަޢުދު ވިދާޅުވީ ވެރިކަމަކީ ކުޅެލާ ފުޓްސެލް މެޗެއްނޫން ކަމަށެވެ. އެހެންކަމުން ވެރިކަން ދޭންވާނީ ޔަޤީންކަމާއެކީ ޒިންމާ ނެގޭ "ޓެސްޓެޑް ފޯވާޑަކަށް" ކަމަށް ސަޢުދު ވިދާޅުވިއެވެ.
"ބޯޅަދިނީމަ އައިސް ބައިކޮޅަށް ޖަހާފަ ދަނޑުން ފައިބާ ކުޅުންތެރިޔަކު ފައިނަލް މެޗެއްގަ ނާރުވާނެ." ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާކަން ހާމަކުރަށްވާފައިވާ ސަޢުދު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ނިމިފައިވާއިރު އެމަނިކުފާނު މިހާރު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލައްވާނެކަން އިޢުލާނު ކުރަށްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައެވެ.
މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ ރާއްޖެ އާރާސްތުވާނީ ރައީސް ޞާލިޙާއެކު ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓުލާން ޖެހެނީ ޤައުމީ ފިކުރުގައި މަސައްކަތްކުރާ ހަމައެކަނި ރައީސަށް ވުމުން ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

ވެރިކަމަކީ ޓެސްޓްކުރަން ދޭކަހަލަ ކަމެއްނޫން.މުލި ރައްޔިތުންގެ މަސްލަހަތާއި ގުލިފައިވާކަމެއް.ކުލޭ ފުޓްސެލް މެޗެއްނޫން.ވެރިކަން ދޭންވާނީ ޔަޤީން ކަމާއި އެކީ ޒިންމާ ނެގޭ ޓެސްޓެޑް ފޯވާޑަކަށް.ބޯޅަދިނީމަ އައިސް ބައިކޮލަށް ޖަހާފަ ދަނޑުން ފައިބަރ ކުލުންތެރިޔަކު ފައިނަލް މެޗެއްގަ…
— Saudulla Ahmed (@saudullaahmed1) June 18, 2023
ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ނިމިފައިވާއިރު އެމަނިކުފާނު މިހާރު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލައްވާނެކަން އިޢުލާނު ކުރަށްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައެވެ.
މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ ރާއްޖެ އާރާސްތުވާނީ ރައީސް ޞާލިޙާއެކު ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓުލާން ޖެހެނީ ޤައުމީ ފިކުރުގައި މަސައްކަތްކުރާ ހަމައެކަނި ރައީސަށް ވުމުން ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު