ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށްބުނެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާއަށް އިމްތިޔާޒުގެ މި މައްސަލަ ހުށައެޅުއްވީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
ޝަރީފް ހުށައެޅުއްވި މައްސަލާގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންކާރު ކުރައްވައި، މަޖިލީހުގެ އިމްތިޔާޒާ ތަކުރާރުކޮށް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމާގުޅިގެން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މުޅި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާކަމަށް ޝަރީފް ހުށައެޅުއްވި މައްސަލާގައިވެއެވެ.
ޝަރީފް ވިދާޅުވީ، މިއީ މިޤައުމުގައި ހިންގޭނެ އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށާއި، މިއީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށެވެ. އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވި ނަމަވެސް ނަޝީދު ވަޑައިގެން މަޖިލީހުގެ އިދާރާގައި އުޅުއްވި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވަނީ އިތުބާރުނެތްކަމުގެ މައްސަލަތައް ނިންމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އެެހެން ނަމަވެސް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އެ މައްސަލައިގެ ތެރެއިން އެހެން މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެެ.
މި މައްސަލައިގައި ބަހުސް ކުރުމަށް ފެންނަކަމަށް 37 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް 13 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ޤަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާނަމަ އެހެން ހުރިހާ މަސައްކަތަކަށްވުރެ އިސްކަން ދޭން ޖެހޭނީ އެ މައްސަލައަށެވެ.

ކިޔުންތެރިންގެ ހިޔާލު