އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އުޅުއްވަނީ ވައްކަންކޮށްކޮށް ސަލާމަތް ނުވެފަތިބި ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާއު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން އުޅުއްވަނީ ޤާނޫނު އަސާސީން ވައްކަންކުރަން ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މެންބަރު ޒާހިރަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ 50 އަށްވުރެ ގިނަ މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިން ރެކުމަށްޓަކައި މަޖިލީސް ދޫކޮށް ފިލަން ދިއުމަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ދަ ޑިމޮކްރެޓްސްގެ ނަމުގަ ވައްކަން ނުކުރެވިގެން ވަކިވެގެންދިޔަ ބޭފުޅުންނަށް އަބަދުވެސް ހީވާނީ އެހެންމީހުން ވައްކަމުގަ އުޅެއޭ. އެބޭފުޅުންނަކީ ވައްކަން ކޮށްކޮށް ކަށީގަ ހިފައި، އެކަމުން ސަލާމަތް ނުވާވަރަށް އެކަން ކޮށްފަތިބޭ، ކުރަން ބޭނުންވާ ބައެއް." ޝިފާއު ވިދާޅުވިއެވެ.
ޑިމޮކްރެސީގައި ފަނޑުނުވާ އުސޫލުތަކެއް ހުންނަކަން ފާހަގަ ކުރަށްވައި ޝިފާއު ވިދާޅުވީ އޭގެން އެންމެ މުހިންމު ކަމަކީ މެޖޯރިޓީއަށް ތަބާވުން ކަމަށެވެ. ނަމަވެސް ޕްރައިމަރީން ބަލިވުމުން ބޮޑާހޭކުމަކީ ޑިމޮކްރަސީ ނޫން ކަމަށް ޝިފާއު މިއަދު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން ޙަވާލުކުރި ޒިންމާ އަދާނުކޮށް ޗުއްޓީއަށް ނުދެވޭނެ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަނުކުރަންޖެހޭ ކަމަށާއި ރިޔާސީ އިންތިޚާބާގުޅުންހުރި އިތުރު މައްސަލަތައް ނިންމުމަށްޓަކައިވެސް މަޖިލީސް ހިނގަންޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.
އޭގެ އިތުރުން މަޖިލީސް ޗުއްޓީއަށް ދާންވާނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި ބަންޑާރަނާއިބާއި، ފޮރިން މިނިސްޓަރުގެ އިތުބާރުގެ މައްސަލަތައް ނިންމުމަށްފަހު ކަމަށް ޝިފާއު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު