ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ ރައީސް ސާލިހާއި ބައްދަލުކުރެއްވުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފޮނުވި ސިޓީގެ ޖަވާބުގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީން މިހާރު ތަންފީޒުކުކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށާއި، އެ ހުކުމާއި ރައީސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ރައީސްގެ ފަރާތްޕުޅުން އެއްވެސް މީހަކަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރައްވާނަމަ އެ މައްސަލައެއް މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ސިޓީގައި ވަނީ އެދިފައެވެ.
"ޝަރުއީ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު، އަދި ހުކުމެއްގެ އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭގޮތެއް ނޫންކަން އަބްދުއްރަހީމްވެސް ގަބޫލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކުރައްވައެވެ." ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވަނީ ޕީޕީއެމުން ރައީސް ޞާލިޙަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔެފައިވާ ވާހަކަތަކެއް ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު