19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިގޮތަށް ޢަމަލު ކުރަށްވައި ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ކަޅު ޞަފްޙާއެއް ލިޔުއްވައިފިއެވެ.
މަޖިލީހުގައި ޢާއްމު އުސޫލުން ބާއްވަންޖެހޭ މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިނުވާއިރު މިއަދާއި މާދަމާވެސް ޖަލްސާ ބޭއްވޭނެ ގޮތެއް ނެތް ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން މައްސަލަ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ހަމައެއާއެކު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހުގައި އެބައޮތެވެ.
ރައީސް ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީޙުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ޢުޒުރުވެރިވާކަމަށް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށްފައި އޮތުމުން މަޖިލީހުގެ ނާއިބު ރައީސްވެސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން މަޖިލީހަށް ވަނީ އަންގާފައެވެ. އެހެންކަމުން މަޖިލީޙުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ނަމަވެސް މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އަފީފަށް ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އަފީފް ވިދިވިގެން 3 ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައި އޮތުމުން، ޤަވާއިދުގައި ބުނާގޮތުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބާއްވަން ޖެހޭ ޖަލްސާތަކުގެ ރިޔާސަތު އަފީފަށް ނުބެލެހެއްޓެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީޙުގެ ޖަލްސާއެއް މި ދައުރުގައި ބޭއްވޭނެ ހާލަތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް ވިދާޅުވެފައިވާތީ އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިހާރު އެންމެ ރަނގަޅުގޮތަކީ ރައީސް ނަޝީދު މަޤާމުން އިސްތިޢުފާދެއްވުން ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދެހަފްތާ ވެފައިވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު