ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރާނެ އަންހެން އާޖީލެއް ބިނާކުރަންޖެހޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިމޭރުމުން ވިދާޅުވީ ޑިޕްލޮމަޓިކް ދާއިރާގައި އުޅޭ އަންހެނުންނާ ގުޅޭ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުވަނީ ޑިޕްލޮމަޓިކް ދާއިރާގައި އުޅޭ އަންހެނުންނާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ޤަރާރު ފާސްކުރުމަށް ރާއްޖޭން އިސްނަގައި މަސައްކަތްކުރި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ޑިޕްލޮމަޓިކް ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާ މިނިސްޓަރ ޙިއްސާކުރެއްވިއެވެ.
“ޑިޕްލޮމަޓިކް ދާއިރާގައި އުޅޭ އަންހެނުންނާ ގުޅޭ ދުވަސް ފާހަގަކުރާއިރު، މިދާއިރާގައި އަންހެނުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަމާތޯ! މިދާއިރާގައި މަސައްކަތް ކުރާނެ އާ ޖީލެއް ބިނާކުރަމާތޯ!“ މިނިސްޓަރ ޢަބްދުالله ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ އެއްވެސް ބަދަލެއް ނެތި، މިވަގުތު ކުރަމުންދާ މަސައްކަތްތައް އެ ދުވެލީގައި ކުރަމުން ދާނަމަ، ލީޑަރޝިޕް ލެވެލްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް 140 އަހަރު ނަގާނެ ކަމަށެވެ.
“މިހާރުވެސް ލިބުން ހައްޤުވާ މަގާމުތަކެއް ހޯދުމަށް މިހާ ގިނަ ދުވަހު، އަންހެނުން މަޑުކުރަން ޖެހޭ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.” މިއަދުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވިއެވެ.

At the commemorative event held to mark the International Women in Diplomacy Day, I spoke about why the #Maldives decided to pursue the initiative and our national experiences in empowering women in our Foreign Service.
— Abdulla Shahid (@abdulla_shahid) June 20, 2023
At current rate of progress, it will take 140 years for… pic.twitter.com/iGb7Kjd5aS
މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ އެއްވެސް ބަދަލެއް ނެތި، މިވަގުތު ކުރަމުންދާ މަސައްކަތްތައް އެ ދުވެލީގައި ކުރަމުން ދާނަމަ، ލީޑަރޝިޕް ލެވެލްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް 140 އަހަރު ނަގާނެ ކަމަށެވެ.
“މިހާރުވެސް ލިބުން ހައްޤުވާ މަގާމުތަކެއް ހޯދުމަށް މިހާ ގިނަ ދުވަހު، އަންހެނުން މަޑުކުރަން ޖެހޭ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.” މިއަދުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު