އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ހުންނެވީ ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް ޕާޓީއަށް 3000 މީހުންގެ ސޮއި ހަމަކޮށްގެން ހުށަހެޅުމުންވެސް ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން މަޑުޖައްސާލުމަށް އީސީން ވަނީ ނިންމާފައެވެ.
އީސީން އެގޮތަށް ނިންމި ބައްދަލުވުމަށްފަހު ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުއްދަ ދިނުމުގެ މަސައްކަތް އޭނާ ކުރައްވަނީ ނުފޫޒެއްގައި ހުރެގެންކަމަށް އީސީގެ ބައެއް މެންބަރުން ތުހުމަތުކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލީސް މެމްބަރު ޝިފާއު ވިދާޅުވީ ރިޔާސީ އިންތިހާބަށް ބާކީ އޮތީ ކުޑަދުވަސްކޮޅެއް ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފަ ހުރުމަކީ އިންތިޚާބާމެދު އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ. އަދި އެއީ ކޮމިޝަނަށް ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި ތަފާތު ޝައްކުތައް އުފެއްދުމުގަ ޖާގަ ލިބިގެންދާނެ ކަމެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީޤު ނުފޫޒެއްގެ ދަށުގައި ހުންނެވިކަމަށް ޝިފާއު ވިދާޅުވެފައިވާއިރު އީސީގެ މެންބަރު ނަޝާތު ވިދާޅުވެފައި ވަނީ އީސީގެ ބައްދަލުވުމެއްގައި މެމްބަރުން ވޯޓު ދިން ގޮތް ރައީސަށް އާއްމު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ކޮމިޝަނުން އެއްވެސް އިރެެއްގައި އަމަލުކޮށްފައިވާ ގޮތެއްވެސް ނޫން ކަމަށް ނަޝާތު ވިދާޅުވިއެވެ.
ނަޝާތުވެސް ވަނީ ކޮމިޝަންގެ ރައީސް ހުންނެވީ ނުފޫޒެއްގައި ދަށުގައިކަމަށް ޝައްކު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކުޑަދުވަސްކޮޅެއްބާކީ. އިލެކުޝަންސް ކޮމިޝަންގެ ރައީސް ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ތާށިވެފަ ހުރުމަކީ އެކޮމިޝަންއަށް ރައްޔިތުންގެ މެދުގަ އިތުބާރު ގެއްލި ތަފާތު ޝައްކުތައް އުފެއްދުމުގަ ޖާގަ ލިބިގެންދާނެ ކަމެއް. @ElectionsMv @FuadThaufeeq #PE2023
— Mohamed Shifau (@mhshifau) June 20, 2023
އީސީގެ ރައީސް ފުއާދު ތައުފީޤު ނުފޫޒެއްގެ ދަށުގައި ހުންނެވިކަމަށް ޝިފާއު ވިދާޅުވެފައިވާއިރު އީސީގެ މެންބަރު ނަޝާތު ވިދާޅުވެފައި ވަނީ އީސީގެ ބައްދަލުވުމެއްގައި މެމްބަރުން ވޯޓު ދިން ގޮތް ރައީސަށް އާއްމު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ކޮމިޝަނުން އެއްވެސް އިރެެއްގައި އަމަލުކޮށްފައިވާ ގޮތެއްވެސް ނޫން ކަމަށް ނަޝާތު ވިދާޅުވިއެވެ.
ނަޝާތުވެސް ވަނީ ކޮމިޝަންގެ ރައީސް ހުންނެވީ ނުފޫޒެއްގައި ދަށުގައިކަމަށް ޝައްކު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު