ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އެމަޖިލީސް ޑެޑްލޮކެއްގައި އޮއްވައި އިލެކްޝަންސް ކޮމިޝަންގައިވެސް މަރުތަޅު އެޅުވިއްޖެއެވެ.
އެގޮތުން އީސީގެ 2 މެންބަރަކު ވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެ މަގާމުގައި އިންނަވައިގެން ބާއްވާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވާން ނިންމަވާފައިކަމަށް މަޢުލޫމާތު ލިބެއެވެ.
އީސީގެ ދެ މެންބަރުން ކޮމިޝަންގެ ޖަލްސާތައް ބޮއިކަޓް ކޮށްފައިވާއިރު ކޮމިޝަނުގެ އެއް މެންބަރު މިވަގުތު ވަޑައިގެން ހުންނެވީ މައްކާގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށެވެ. އެހެންކަމުން ކޮމިޝަނުގެ ޖަލްސާތައް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމައެއް ނުވެއެވެ.
އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަވެ އެކަމަށް ދޭންޖެހޭ ހުއްދަ ދިނުމަށް މިއަދަށް އެޖެންޑާކޮށްފައިވާ ޖަލްސާއަށް ވަޑައިގެންނެވުމަށް ކޮމިޝަންގެ މެންބަރު ނަޝާތާއި އާސިފް ވަނީ ދެކޮޅު ހައްދަވާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ކޮމިޝަންގެ މެންބަރު އަލީ ނަޝާތާއި މުހައްމަދު އާސިފުވަނީ ފުއާދުގެ ރިޔާސަތުގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު