ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވަނީ އިސްތިއުފާގެ ސިޓީ ޢާއްމު ކުރަށްވާފައެވެ.
އެމްޑީޕީއަށް ފޮނުވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ގައުމުގައި ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
“އަޅުގަނޑު ތިޔަޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުދެކޭކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.
މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.
އަދި ފިކުރެއްގެ ދިރުމުގައި އިސްކޮށްއުޅުއްވި ބޭފުޅުން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.

Miadhu alhugandu MDP in vakivejje in pic.twitter.com/WSRDnCfHBH
— Mohamed Nasheed (@MohamedNasheed) June 21, 2023
ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.
މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.
އަދި ފިކުރެއްގެ ދިރުމުގައި އިސްކޮށްއުޅުއްވި ބޭފުޅުން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު