ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އަހްމަދު ރަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގަތްކަން ސިޓީފުޅަކުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އަންގަވައިފައެވެ. އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

“އަޅުގަނޑު މިއަދު 21 ޖޫން 2023 ވީ ބުދަ ދުވަހު ތިޔަ ޕާޓީގެ މެންބަރުން ވަކިވެއްޖައީމެވެ.” އަޙްމަދު ރަޝީދުގެ ސިޓީގައިވެއެވެ.



ރައީސް ނަޝީދާއެކު މެންބަރު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.

އަދި ފިކުރެއްގެ ދިރުމުގައި އިސްކޮށްއުޅުއްވި ބޭފުޅުން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.

މިހާރު އެމްޑީޕީގެ 15 މަޖިލީސް މެންބަރުން ވަނީ އެ ޕާޓީން ވަކިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު