މިއަދަކީ އެމްޑީޕީއަށް ހިތާމަވެރި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިމޭރުމުން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ފައްޔާޒް ވިދާޅުވީ، މިއީ ހިތާމަވެރި ދުވަހެއް ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ނިންމެވުމާއެކު ސިޔާސީ ޕާޓީތަކަށް އެ ޕާޓީތައް ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ މަގު ކޮށިގެންގޮސްފައިވާ ކަމަށެވެ.
ފައްޔާޒް ވަނީ އެމްޑީޕީ އާއި އޭނާގެ އަމިއްލަ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު ރައީސް ނަޝީދުގެ ލީޑަޝިޕްގައި އެމްޑީޕީން ހޯދި ކާމިޔާބީތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
“ރައީސް ނަޝީދުގެ އެ ނިންމެވުމުގެ ސަބަބުން ކޮންމެ ޕާޓީއަކަށް ވެސް އެ ޕާޓީއެއް އިހުތިޔާރުކުރި މަގަކުން ކުރިއަށް ދާން މަގު ކޮށިއްޖެ.” ފައްޔާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އެމަޑީޕީން މަޖިލީހަށް މައްސަލައެއް ހުށައަޅައި އެމައްސަލައިގެ ނޯޓިސް ވެސް ފޮނުވާފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާތީ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

On behalf of MDP and myself I wish President @MohamedNasheed well and success. Whilst this is a sad day, this also paves the way for all parties to move forward in their chosen paths. Thank you for your dedication to MDP and the success achieved under your leadership. https://t.co/1aorSg4yyg
— Fayyaz Ismail (@faya_i) June 21, 2023
ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އެމަޑީޕީން މަޖިލީހަށް މައްސަލައެއް ހުށައަޅައި އެމައްސަލައިގެ ނޯޓިސް ވެސް ފޮނުވާފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާތީ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު