ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދަންމައިލުމަށް އެމްޑީޕީން ހުށައަޅައިފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި މުހިއްމު ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމާލުމަށް ވަނީ އެދިފައެވެ.
އަސްލަމްގެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމައެކަނި މަޖިލީހުގެ ކޮމިޓީތަކުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ހިމެނޭނޭނެގޮތް ކަނޑައެޅުމުގެ މައްސަލަ އެޖެންޑާ ކުރުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.
އެގޮތުން އެޖެންޑާގައި ހިމެނުމަށް އަސްލަމް ހުށައެޅުއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލައާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޤާމުން ވަކިކުރުމުގެ މައްސަލައާއި މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލައާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމާއި މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލައެވެ.
އަސްލަމް މިފަދަ ސިޓީއެއް މަޖިލީހަށް ފޮނުއްވާފައިވާއިރު މިއަދަކީ އާއްމު އުސޫލުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއެއް ބޭއްވޭނެ ފަހު ދުވަހެވެ. މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮންނަތާ މިހާރުވަނީ 3 ހަފްތާ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު